Last Updated: April 21, 17:45
Sunday, April 21, 2024
ޚަބަރު

މާލެ ސަރަހައްދުގެ 15 ރަށެއްގައި ޒަމާނީ ކުނިކޮށި

މާލެ ސަރަހައްދުގެ 15 ރަށެއްގައި ޒަމާނީ ކުނިކޮށިތަކެއް ހެދުމުގެ މަޝްރޫއެއް ފަށައިފި އެވެ.

މީގެ ދަށުން ތިން ރަށެއްގެ ކުނިކޮށި ހަދަން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބަޔަކާ ހަވާލު ވެސް ކޮށްފަ އެވެ. އެގޮތުން ކ. ތުލުސްދު އާއި ހުރާގެ އިތުރުން ހިންމަފުށީގެ ކުނިކޮށީގެ މަސައްކަތް އިއްޔެ ހަވާލުކޮށްފައި ވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.

އެ ކުންފުންޏާ ތިން ރަށުގެ މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ ހަ މަސްތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން ހުރާގެ ކުނިކޮށި ހަދަން 3.26 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، ހިންމަފުށީގެ ކުނިކޮށި ހަދަން 3.52 މިލިއަން ރުފިޔާ އަދި ތުލުސްދޫ ކުނިކޮށީ ހަދަން 3.51 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މާލެ ސަރަހައްދުގެ 15 ރަށެއްގެ ކުނިކޮށި ޒަމާނީ ފެންވަރަށް ހަދަން ކުރިއަށް ގެންދާ މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ސަރުކާރުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.