Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ހުޅުމާލޭގައި ހެލްތު ސްކްރީނިން ޕްރޮގްރާމެއް

ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް ބާއްވަން އާބަންކޯ އިން ނިންމައިފި އެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތައް ގުޅިގެން މިއަދު ހަވީރު 4 އިން އިރުއޮއްސި 6 އާއި ހަމައަށް ހަމައަށް ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ހެލްތު ސްކްރީނިން ޕްރޮގްރާމް ކުރިއަށްދާނެ ކަމަށެވެ. އެއީ ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 1 ސަރަހައްދު، އަދި ރުށްގަނޑު 3 ސަރަހައްދެވެ.

މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކަށެވެ. އެގޮތުން ރުށްގަނޑު 1 ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާރުން ބަލަމުންދާނީ ހިތުގެ ބަލިތަކުގެ ހިރާސްތަކެވެ. އެގޮތުން މި ތިން ސަރަހައްދުގައި މިފަދަ ބަލިތަކުގެ ހިރާސް ދެނެގަތުމުގެ ޓެސްޓުތައް ހަދާނެ އެވެ. އޭގެ ތެރޭގައި ހަކުރު ޓެސްޓާއި، ބީޕީ އަދި ބީއެމްއައި ބަލައި، މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރުށްގަނޑު 3 ސަރަހައްދުގައި ހިޔާ މެޑިކަލް ސެންޓަރގެ ފަރާތުން ކުރިއަށްގެންދާނީ ޗައިލްޑް ނިއުޓްރިޝަން އަކީ ޑެންޓަލް ޗެކަޕްތަކެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކަހަލަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދައި މިކަންކަމަށް އާންމުން އަހުލުވެރިކުރުވުން ކަމަށެވެ.