Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ކަރަންޓު ދިޔައީ ޓްރާންސްފޯމަރު މައްސަލައަކާ ހެދި

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ދިޔައީ ޓްރާންސްފޯމަރއަށް ދިމާވި މައްސަލައަކުން ކަމަށް ފެނަކައިން ބުނެފިއެވެ.

މިރޭ 7:50 އެހައިކަށްހާއިރު އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން އެއްވަގުތަކާއި ވަނީ ކަރަންޓު ގޮސްފައެވެ. މިމައްސަލާގައި، ފެނަކަ އައްޑޫ ބްރާންޗުން ބުނީ، ކަރަންޓު ކެނޑެން ދިމާވީ، ފޯމަރަކް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި މިހާރު އެ ބައިޕާސް ކުރުމަށް ފަހު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ކުއްލި ގޮތަކަށް ކަރަންޓު ކަނޑައިގެން ދިޔައިރު، މި ދުވަސްކޮޅު އައްޑޫގެ އަވަށްތަކުން އެކި ސަރަހައްދުން ޝެޑިއުލްކޮށް ކަރަންޓު ކެނޑެއެވެ.

މިގޮތަށް ކަނޑާއިރު ކުރިއާލާ ނޭނގި ކެނޑުމުން ހިފާ ގެންގުޅޭ ތަކެތި މައްސަލަ ޖެހި ހަލާކުވަމުންދާ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.