Last Updated: October 4, 22:10
Wednesday, October 4, 2023
ކުޅިވަރު

ނަޑާލް ޓެނިހުން ރިޓަޔާކުރަނީ

ސްޕެއިނމްގެ މަޝްހޫރު ޓެނިސް ތަރި، ރަފައެލް ނަޑާލް އަންނަ އަހަރު އެ ކުޅިވަރުން ރިޓަޔާކުރަން ނިންމައިފި އެވެ.

މިހާތަނަށް ޓެނިހުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔާ ޕްރޮފެޝަނަލްކޮށް ކުޅުން ހުއްޓައިލަން ޕްލޭންކުރުމާ ގުޅިގެން މި އަހަރުގެ ފްރެންޗް އޯޕަންގައި ވެސް ވާދަނުކުރަން ވަނީ ނިންމައިފަ އެވެ. މިއީ ފާއިތިުވި 19 އަހަރުގެ ތެރޭގައި ނަޑާލް އެ މުބާރާތުގައި ވާދަނުކުރާ ފުރަތަމަ ފަހަރެވެ.

ނަޑާލް، 36، ބުނި ގޮތުގައި ޓެނިހުން އަންނަ އަހަރު ރިޓަޔާކުރަން ނިންމީ އެކަމަށް އޭނަގެ ހަށިގަނޑު ބޭނުންވާތީ ކަމަށެވެ. އެހެންވެ އަންނަ އަހަރަކީ ޓެނިސް ކުޅުމުގައި ޕްރޮފެޝަނަލްކޮށް ފެންނާނެ ފަހު އަހަރު ކަމަށް ބުންޏެވެ.

"އެގޮތަށް ނިންމައިގެން މި ހުރީ." ނަޑާލް ބުންޏެވެ.

ޓެނިހުގައި މިހާރު ނުފޫޒު ގަދަ ފިރިހެން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނަޑާލް އަކީ 14 ފަހަރު މެންސް ސިންގަލް ޗެމްޕިއަންކަން ހޯދާފައިވާ އަދި ބޮޑެތި 22 މުބާރާތެއް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.