Last Updated: July 27, 10:50
Saturday, July 27, 2024
ދުނިޔެ

މެޓަގެ ޓްވިޓާ ޒާތުގެ އެޕް އަންނަ މަހު

ފޭސްބުކާއި އިންސްޓްގްރާމްގެ ފަދަ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގަމުން އަންނަ މެޓައިން ޓްވިޓާ ޒާތުގެ އެޕަކަށް މަސައްކަތްކުރަމުން އަންނަ އިރު، އަންނަ މަސް ނިމުމުގެ ކުރިން އެ އެޕް ލޯންޗްކުރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މި ވާހަކަ ޑިޖިޓަލް މާކެޓިން މާކެޓިން މީޑިއާގެ އެކްސްޕާޓެއް ކަމަށްވާ ލިއާ ހެބަމަން ކުރި ޓްވީޓްތަކެއްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭނަގެ ޓްވީޓްގައި މެޓަގެ އެޕް އިންނާނުގެ ގޮތުގެ ސްކްރީންޝޮޓްތަކެއް ވެސް ހިއްސާކޮށްފައިވެ އެވެ.

ނަމަވެސް މި އެޕާ ބެހޭ އެއްވެސް ތަފުސީލެއް މެޓަ އިން ނުދިން ނަމަވެސް ޓްވިޓާ ކަހަލަ އެޕަކަށް މަސައްކަތްކުރަމުން އަންނަކަން މާޗް މަހުގެ ތެރޭގައި ކުންފުނިން ކަށަވަރުކޮށް ދީފައިވެ އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މެޓަގެ އާ އެޕް ވާނީ ޒުވާނުންނާ ވަރަށް ގުޅޭ އަދި ޒުވާނުންްގެ ޝައުގުވެރިކަް ވެސް ލިބޭ ކަހަލަ އެއްޗަކަށެވެ.

ޓްވިޓާ އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެކެވެ. މި ޕްލެޓްފޯމް ނަކަލުކޮށްގެން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕް ވެސް "ޓުރުތު ސޯޝަލް" ގެ ނަމުގައި އެޕެއް ލޯންޗްކުރައްވާފައިވެ އެވެ

މަހުޖަނު އީލޮން މަސްކްގެ ޓްވިޓާއާ ވާދަ އަށް މެޓައިން އެޕެއް ލޯންޗްކުރާ އިރު، މެޓަގެ އިންސްޓްގްރާމް "ރީލްސް" އަކީ ޓިކްޓޮކް ނަކަލުކޮށްފައިވާ އެޕެކެވެ.