Last Updated: May 11, 11:51
Sunday, May 11, 2025
ކުޅިވަރު

ޕްރިމިއާ ލީގު ޗެމްޕިއަންކަން ސިޓީ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ނޮޓިންހަމް ފޮރެސްޓް އަތުން 0-1 އިން ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް ކަށަވަރު ވެއްޖެ އެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 19 ވަނަ މިނެޓްގައި ނޮޓިންހަމް ފޮރެސްޓަށް ކާމިޔާބު ކޮށްދިނީ ޓައިވޯ އަވޮނިޔީ އެވެ.

ލީގުގައި އާސެނަލް އަށް ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެޓީމަށް 81 ޕޮއިންޓް ލިބިފައިވާއިރު ފަހު މެޗުން މޮޅުވެގެން އެންމެ ގިނަވެގެން ވެސް އެޓީމަށް ލިބޭނީ 84 ޕޮއިންޓެވެ. ތިން މެޗު ބާކީ އޮތް ސިޓީ ވަނީ މިހާރު ވެސް 85 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި ސިޓީ މާދަމާ ރޭ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

މިއީ ސިޓީން ޕްރިމިއާ ލީގު ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ.

ޕްރިމިއާ ލީގުގެ އިތުރުން ސިޓީ އަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގު އަދި އިނގިރޭސި އެފްއޭކަޕް ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީން އިންޓަ މިލާނާއި ދެކޮޅަށް ކުޅޭއިރު އެފްއޭކަޕް ފައިނަލްގައި ނިކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.