Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

ހައްޖުވެރިން ޖޫން 12 ގައި ފުރަން ފަށަނީ

މި އަހަރު ރާއްޖޭން ހައްޖަށް ދާ މީހުން އަންނަ މަހުގެ 12 އިން ފެށިގެން ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި އަހަރު މީހުން ހައްޖަށް ގެންދާނީ އަމިއްލަ ތިން ގްރޫޕަކާއި ހައްޖު ކޯޕަރޭޝަނުންނެވެ. ހައްޖަށް ގެންދަން މި އަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދިން އަމިއްލަ ތިން ގްރޫޕަކީ ސިސިލްފަރު، މަނާސިކް އަދި އަލްހަރަމައިން އެވެ. މިއިން ކޮންމެ ގްރޫޕަކަށް ދިނީ 90 ކޯޓާ އެވެ. އެއީ ޖުމްލަ 290 ކޯޓާ އެވެ.

މި އަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން ބާކީ އަދަދު ދިނީ ހައްޖު ކޯޕަރޭޝަނެވެ.

ގްރޫޕްތަކުން ބުނި ގޮތުގައި އަންނަ މަހުގެ 12 ގައި ހައްޖުވެރިން ސައޫދީ އަރަބިއްޔާ އަށް ފުރަން އެންމެ ފުރަތަމަ ފުރާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ މީހުންނެވެ. އެ މީހުން ފުރާނީ އަންނަ މަހުގެ 12-19 އާ ދޭތެރޭގަ އެވެ.

ސިސިލްފަރުގެ ހަވާލުގައި ދާ މީހުން އަންނަ މަހުގެ 13 ގައި ފުރަން ހަމަޖެހިފައިވާ އިރު، މަނާސިކްގެ ހަވާލުގައި ދާ މީހުން ފުރާނީ އަންނަ މަހުގެ 15 ގަ އެވެ. އަދި- އަލްހަރަމައިންގެ ހަވާލުގަައިދާ މީހުން ފުރާނީ އަންނަ މަހުގެ 16 ގަ އެވެ.