Last Updated: April 16, 17:11
Tuesday, April 16, 2024
ޚަބަރު

ހުޅުމާލޭ ފިތިރޯނު ގަސް ކަނޑައި ބަދަލުގައި ގަސް އިންދަނީ

ހުޅުމާލެ ފޭސް އެކެއް ތެރެއިން / ފޮޓޯ: އައްޑޫލައިވް

އަމާޒަކީ ހުޅުމާލޭގައި ޖަހާފައި ހުރި ފިތިރޯނުގެ ގަސްތައް ކުރިއަށް އޮތް ތިން އަހަރު ތެރޭ ބަދަލުކޮށް، އޭގެ ބަދަލުގައި އެގޮތަށް ހެދޭ ރީތަގަހެއް ޖެހުން ކަމަށް ހުޅުމާލެ ބަލަހައްޓަމުންދާ އާބަންކޯއިން ބުނެފިއެވެ.

ހުޅުމާލޭ ފޭސް 1 އަކީ ފިތިރޯނު ބޮޑެތި ގަސްތައް އެކި ސަރަހައްދުތަކުގައި ހައްދާފައިވާ ތަނެކެވެ. މި ގަސްތައް ކަނޑައި އޭގެ ބަދަލުގައި ހިޔާދޭ އެހެން ގަސްތައް އިންދުމުގެ މަސައްކަތް އާބަންކޯއިން ދަނީ ކުރަމުންނެވެ. އަދި އާމާޒަކީ ކުރިއަށް އޮތް 3 އަހަރު ތެރޭ ފިތިރޯނު ގަސްތައް ބަދަލުތައި އެހެން ގަސްތައް ޖަހައި ފިތިރޯނު ގަސްތައް އެއްކޮށް ނެގުން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ހުޅުމާލޭގައި ހުރި ފިތިރޯނު ގަސްތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު އެކުންފުނިން ކުރަމުންދާއިރު، ގަސްތައް ބަދަލު ކުރާ ސަބަބު އެކުންފުނިން މިވަނީ ސާފުކޮށްދީފައެވެ. އެގޮތުން ފިތިރޯނު ގަސްތައް ފުރަތަމަ އިންދީ ހުޅޫމާލެއަކީ ހިއްކާފައިވާ ރަށަކަށްވުމުން ބިންގަނޑު ވަރުގަދަކޮށް، ހިޔާ ލިބޭ ބޮޑު ގަސްތައް އިންދުމުގެ މަޤްސަދުގައި ކަމަށް އާބަންކޯއިން ބުނެއެވެ.

އޭރު ގަސްތައް އިންދި އިރު ވެސް ހުޅުމާލޭގެ ގްރީނިން ޕްލޭން އޮތީ މިހާރު މި އިމްޕިމެންޓް ކުރެވޭ ގޮތަށް ކަމަށް އެކުންފުނިން ފާޙަގަކުރެއެވެ. އެގޮތުން ގްރީނިންގ ގެ ފޭސް 1 ގައި ފިތުރޯނުގަސްތައް ޖަހައި ވަކި ވަރަކަށް އެ ބޮޑުވެ ރަށް ތަރައްގީވެ އާބާދުވުމުން އެ ގަސްތައް ބަދަލުކުރުމަށް އޮތެވެ. އަދި މިހާރު އެ ގަސްތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެއީ އެ ޕްލޭންގެ ފޭސް 2 ކަމަށް އާބަންކޯއިން ބުނެއެވެ.

ހުޅުމާލެ ފޭސް އެކެއް ތެރެއިން / ފޮޓޯ: އައްޑޫލައިވް

މިގަސްތައް ބަދަލު ކުރަނީ އޭގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތަކެއް ހުރުމުންނެވެ. އެއީ މިފަދަ ބޮޑުކޮށް ހެދޭ ގަސްތަކަކީ ވަރަށް ޖާގަ ބޮޑު ހުސް ސަރަހައްދުތަކުގައި ހެއްދޭ ކަހަލަ ގަސްތަކަށްވާއިރު، ހުޅުމާލެ ތަރައްގީވަމުން އައިއިރު، މަގުތައް ހެދުމާއި، އިމާރާތްތައް ހެދުމުގެ ސަބަބުން ފިތުރޯނު ގަސްތައް ހެއްދިފައި ހުރި އާންމުންނާ ގާތުން މިފަދަ ސަރަހައްދުތަކުގައި ކަމަށެވެ. މީގެ އިތުރުން މަގުތަކުން ގަސްތަކުގައި ސަބަބުންވާ ގެއްލުން ފެންނަ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އެ ސަރަހައްދުތަކުގެ މަގު ހަލާކުވެ ތާރުގަނޑު ކަނޑައިގެން ދިއުމާއި، ޕޭމަންޓުތަކުގެ ގައުތައް ވެސް ނެގި މަގުގެ ބޭނުންކުރުން ދަތިވާކަން ވަނީ އާބަންކޯއިން ފާހަގަ ކުރެއެވެ.

މިފަދަ ސަބަބުތަކާއި ހެދީ ގަސްތައް ކެނޑުމުގެ މަސައްކަތް ފަށާފައިވާއިރު، ގަސްތައް ކަނޑަމުންދަނީ ހުޅުމާލޭގެ ތިމާވެއްޓަށް ގެއްލުން ކުޑަވާގޮތަށް އައުގަސްތައް އިންދަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާތަނަށް އާބަންކޯއިން ނިރޮޅުމަގުގައި ހުރި ހުރިހާ ފިތުރޯނުގަސްތަކުގެ ބަދަލުގައި އެހެން ގަސްތައް ޖަހައި ފިތުރޯނު ގަސްތައް މިހާރު ވާނީ ކަނޑާފައެވެ. އަދި ފިތުރޯނު މަގުގެ އެއްބައިގައި ވެސް ހަމަ އެ މަސައްކަތް ވަނީ ނިމިފައެވެ.