Last Updated: April 25, 21:20
Thursday, April 25, 2024
ދުނިޔެ

ވަޓްސްއެޕް މެސެޖް މިހާރު އެޑިޓްކޮށްލެވޭނެ

ފޭސްބުކް ހިންގާ މެޓާ ކުންފުނީގެ ވަޓްސް އެޕް އެޕްލިކޭޝަންގެ މެސެޖުތައް އެޑިޓް ކުރެވޭ ގޮތަށް ހަދައިފިއެވެ.

މިފީޗާރ އަކީ ވަޓްސްއެޕްއަށް ޒަމާނީ ގިނަ ފީޗާރތައް ގެނައުމުގެ މަސައްކަތުގެ ތެރެއިން، އެންމެ ފަހުން އެތެރެކުރެވުނު ބޮޅެވެ. މިގޮތުން މެސެޖެއް ފޮނުވިތާ 15 މިނެޓު ވަންދެން، އެ މެސެޖަށް ބަދަލު ގެނެވޭނެއެވެ. ނަމަވެސް އެޑިޓްކޮށްފި ނަމަ، މެސެޖުގެ ތިރިއަށް އެޑިޓްކޮށްފައިވާ ކަމަށް އަރާނެ އެވެ.

ވަޓްސްއެޕް އެޕްލިކޭޝަންއަށް މި ފީޗާރ އައިސްފައިވާކަން ކުންފުނީގެ ވެރިޔާ މާކް ޒުކަބާގް ވަނީ އިއުލާންކޮށްފައެވެ. އަދި މި ފީޗާ ކުރިއަށް އޮތް ދުވަސްތަކުގައި އަޕްޑޭޓަކާއި އެކު ރޯލް އައުޓް ކުރަން ފަށާނެއެވެ.

މިފަހުގެ ގިނަ މެސެޖް އެޕްލިކޭޝަންތަކުގައި މި ފީޗާ ބޭނުން ކުރެވޭ ނަމަވެސް، ވަޓްސްއެޕް ގޮތަށް ޓައިމް ލިމިޓެއް ނުހުރެެއެވެ. މީގެ އިތުރުންވެސް މިމަހު ވަޓްސް އެޕްއިން ވަނީ ވަކިވަކި ޗެޓްތައް ޕާސްވޯޑް ލޮކް ކުރެވޭ ފީޗާއެއް ތައާރަފްކޮށްފައެވެ.

މެޓާ ކުންފުނީގެ އެޕްލިކޭޝަންތަކަށް ގިނަ ބަދަލުތަކެއް އަންނަމުންދާއިރު، ޓްވިޓަރ ފަދަ އެޕްލިކޭޝަނެއް ތަޢާރަފްކުރަން އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.