Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

އައްޑޫ ބިން ހިއްކާތީ ވޭވް-ރައިޑާ ބޮއި ހަރުކޮށްފި

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުއާ ގުޅިގެން ބޮއިތަކެއް ހަރުކުރުމާއި އެކު ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އައްޑޫސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އައްޑޫސިޓީ ބިން ހިއްކުމުގެ މަޝްރޫޢު ގުޅިގެން ތިން ސަރަހައްދެއްގައި ބޮއި ހަރުކުރާނެއެވެ. އެގޮތުން 2 އެންވަރޮމެންޓަލް މޮނީޓަރިން ބޮއި އީއްޔެ ވަނީ ހަރުކޮށް ނިންމާފައެވެ. މިއީ މަޝްރޫޢު ކުރިއަށްދާއިރު އެ ސަރަހައްދުގެ ވެއްޓަށް އަންނަ ބަދަލު މޮނީޓަރ ކުރުމުގެ މަޤްސަދުގައި ހަރުކުރާ ދެ ބޮއިއެވެ.

މީގެ އިތުރުން ވިލިނގިލި-ގަން ކަނޑުއޮޅި ދިމާލުން ވޭވް-ރައިޑަރ ބޮއިއެއް ހަރުކޮށްފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މީގެ ބޭނުމަކީ، އެ ސަރަހައްދުން ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތައް ދެނެ ގަތުމެވެ.

މި ބޮއިތައް މި ސަރަހައްދުތަކުގައި ހަރުކުރެވިފައި ވުމުން އެ ސަރަހައްދުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އަދި މަޝްރޫޢު ނިމެންދެން ބޮއިތައް ހަރުކުރެވިފައި ވުމުން، ބޮއިތަކާއި ކައިރި ނުވުމަށާއި ގެއްލުމެއް ވެދާނެ ފަދަ ޢަމަލެއް ނުކުރުމަށް މަސައްކަތުގެ ކޮންޓްރެކްޓަރ ވެން އޫޑް އަދި ސިޓީ ކައުންސިލުން އިލްތިމާސް ކުރެެއެވެ.