Last Updated: July 27, 10:26
Saturday, July 27, 2024
ދުނިޔެ

އެމެޒޯންގެ ވެރިޔާގެ އެންގޭޖްވެއްޖެ

އެމެޒޯން ކުންފުނީގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ މަހުޖަނު ޖެފް ބެޒޯސް އެންގޭޖްވެއްޖެ އެވެ.

އުމުރުން މިހާރު 59 އަހަރުގެ ވިޔަފާވެރިޔާ އެންޖޭޖްވީ އޭނަ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ލޯރެން ސަންޗޭޒްއާ އެވެ. އުމުރުން 53 އަހަރުގެ ލޯރެން އަކީ ކުރިން ޓީވީ ހޯސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. ތިން ދަރިން ތިބި ލޯރެން އާއި ކުރީގެ ފިރިމީހާ ޕެޓްރިކް ވައިޓްސެލް 2005 ގައި ކުރި ކައިވެނި ރޫޅުނީ 2019 ގަ އެވެ.

ބެޒޯސް އާއި ލޯރެން ގުޅުނީ ވެސް އެ އަހަރު އެވެ. ޖަައްވީ ކުންފުނި، ބްލޫ އޮރިޖިންގެ ވެރިޔާ ބެޒޯސް އާއި މަހުޖަނު މެކެންޒީ ސްކޮޓްގެ ކައިވެނި ވެސް ރޫޅައިލީ 2019 އެވެ. ހަތަރު ދަރިން ލިބުނު އެ ކައިވެނި ރޫޅައިލި އިރު އެ ދެ މީހުންނަށް ހަތަރު ދަރިން ވެސް ލިބިފައިވެ އެވެ.

ބެޒޯސްއާ ވަކިވުމަށް ފަހު މެކެންޒީ 2021 ގައި ޑެން ޖެވެޓް ކިޔާ ސައިންސް ޓީޗަރަކާ ކައިވެނިކުރި އެވެ. އެކަމަކު އެ ކައިވެނި މި އަހަރުގެ ކުރީކޮޅު ވަނީ ރޫޅާލައިފަ އެވެ.

ބެޒޯސް އާއި ލޯރެން އެންގޭޖްވި ނަމަވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެކަމަކު އެ ދެ ނީހުން ވަރަށް އަވަހަށް ކައިވެނި ކުރަން ޕްލޭންކޮށްފައިވާ ކަމަށް ގާތް ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

މި ވަގުތު ދުނިޔޭގެ ތިން ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި ބެޒޯސްގެ މިލްކިއްޔާތު 125.7 ބިލިއަން ޑޮލަރަށް އަރަ އެވެ.