Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އެކްސިޑެންޓެއްގައި މެމްބަރު ސައުދަށް އަނިޔާވެއްޖެ

މިއަދު ހިނގި އެކްސިޑެންޓެއްގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަށް އަނިޔާވެއްޖެ އެވެ.

ސިނަމާލެ ބްރިޖުގެ ހައިވޭ މަތީގައި މިއަދު ހެނދުނު މި އެކްސިޑެންޓް ހިނގީ ސައުދު ދުއްވަން އިން ސައިކަލާއި ޕިކަޕެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ސައުދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އެ އަނިޔާތަށް މިހާރު އޭޑީކޭގައި ދަނީ ފަރުވާ ހޯއްދަވަމުންނެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެެރިވި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.