Last Updated: July 27, 15:08
Saturday, July 27, 2024
މުނިފޫހިފިލުވުން

"ޕަތާން" އަންނަ މަހު ސްޓާ ގޯލްޑަށް

ޝާހްރުކް ޚާންގެ ފޭނުންނަށް އަދި ވަކިން ހާއްސަކޮށް އޭނަގެ އެންމެ ފަހުގެ ފިލްމު "ޕަތާން" ބަލާލަން ފުރުސަތު ނުލިބޭ މީހުންނަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.

މި އަހަރުގެ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު އިންޑިއާގެ ފިލްމުގެ ރެކޯޑް އޮތް ފިލްމު އަންނަ މަހުގެ ތެރޭގައި ސްޓާ ގޯލްޑަށް ދޫކޮށްލަން މިހާރު ވަނީ ނިންމައިފަ އެވެ. އެގޮތުން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގައި ސްޓާ ގޯލްޑް އެޗްޑީން "ޕަތާން" ޕްރީމިއާކުރަން ވަނީ ހަމަޖެހިފަ އެވެ.

ޓީވީން މި ފިލްމު ބަލާލަން ފުރުސަތު ފަހިކޮށްދޭ އިރު، މާޗް މަހުގެ ތެރޭގައި ފިލްމު އޮތީ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ވެސް ދޫކޮށްފަ އެވެ. ޝާހްރުކް ވަރުގަދަ އެކްޝަން ރޯލެއް ކުޅުނު މި އެކްޝަން ތުރިލާ އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސިދާތު އާނަންދު ޑައިރެކްޓްކުރި އެއްޗެކެވެ. މީގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.

ޖުމްލަ 28 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޕަތާން" އަކީ ބޮކްސް އޮފީހުގައި 130 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ އެއްޗެކެވެ.