Last Updated: July 27, 14:13
Saturday, July 27, 2024
ކުޅިވަރު

ރޮނާލްޑޯ ސައުދީ ޓީމު ދޫކޮށްލަނީ!

މިހާރު ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗްގީޒްގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑޯ އެ ކުލަބް ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ގަދަވެއްޖެ އެވެ.

ބައެއް މީޑިއާތަކުން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސައުދީ ޓީމާ ގުޅުނު 38 އަހަރުގެ ކުޅުންތެރިޔާ އަލް ނަސްރު ދޫކޮށްލަން އުޅެނީ ސައުދީގެ ލައިފް ސްޓައިލަށް ހޭނެން ދަތިވުމާއި އެތަނުގެ ފުޓްބޯޅަ އިންފްރާސްޓްރަކްޗާއާ ދޭތެރޭ ހިތްހަމަނުޖެހޭތީ ކަމަށެވެ. އެހެންވެ ސައުދީ ޓީމާ އެކީ ހަދާފައި އޮތް އެގްރިމަންޓް އުވާލައި، އޭނަ އަނެއްކާ ވެސް ޔޫރަޕްގެ ކުލަބަކަށް ބަދަލުވުމާ މެދު ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލައި އަލް ނަސްރުއާ ރޮނާލްޑޯ ގުޅުނީ ދެ އަހަރުގެ އެގްރިމަންޓެއްގެ ދަށުންނެވެ. އަދި އެ ކުލަބާ އޭނަ ގުޅުނީ ރެކޯޑް އަގެއް ކަމަށްވާ 215 މިލިއަން ޑޮލަރަށެވެ. އަލް ނަސްރުއާ ގުޅުނު ފަހުން މިހާތަނަށް ރޮލާންޑޯ އެ ޓީމަށް 17 މެޗް ކުޅެ، 13 ގޯލް ކާމިޔާބުކޮށް ދީފައިވެ އެވެ.

ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ ނުފޫޒު ފަދަ އެއް ފުޓްބޯޅަ ތަރި އެވެ.