Last Updated: July 27, 10:50
Saturday, July 27, 2024
މުނިފޫހިފިލުވުން

އެކްޓަރު ނިތޭޝް މަރުވެއްޖެ

ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ އެކްޓަރު ނިތޭޝް ޕާންޑޭ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ސްޓާ ޕްލަސްގެ ސިލްސިލާ "އަނޫޕަމާ" ގައި ދީރަޖް ކަޕޫރްގެ ރޯލު ކުޅެމުން އައި އެކްޓަރު އިއްޔެ މަރުވީ ކުއްލި ގޮތަކަށް ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. ނިތޭޝް މަރުވި އިރު އަންބަކު އެބަހުއްޓެވެ. އޭނަގެ އަންހެނުންނަކީ ޓީވީ ބަތަލާ އަރްޕިތާ ޕާންޑޭ އެވެ.

ނިތޭޝް، 51، ކުޅެފައިވާ ފިލްމުތަކުގެ ޝާހްރުކް ޚާންގެ "އޯމް ޝާންތީ އޯމް" އާއި ސަލްމާން ޚާންގެ "ދަބަންގް 2" އާއި އާމިރު ޚާންގެ ބާޒީީ" ގެ އިތުރުން ސައިފް އަލީ ޚާންގެ "ރަންގޫން" ހިމެނެ އެވެ. ވަރަށް ގިނަ ޓީވީ އިޝްތިހާރުތަކުން ވެސް ފެނިފައިވާ ނިތޭޝްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބަދާއީ ދޯ" އެވެ.