Last Updated: July 27, 15:08
Saturday, July 27, 2024
މުނިފޫހިފިލުވުން

އާމިރާއި ފާތިމާ އެކީގައި ކުޅޭ ވީޑިއޯއެއް

ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވޭ އިންޑިއާގެ އެކްޓަރު އާމިރު ޚާނާއި ބަތަލާ ފާތިމާ ސަނާ ޝެއިހް އެކީގައި ޕިކްލްބޯޅަ ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއާ އެކީ ބުނެފައި ވަނީ ދެ ތަރިން އެކީގައި ކުޅެން އުޅެނިކޮށް ފެނުނީ އިއްޔެ މުމްބާއީން ކަމަށެވެ. އާމިރު، 58، އާއި ފާތިމާ، 31، އެކީގައި ދެ ފިލްމު ކުޅެފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ އާމިރުގެ ދަރިއެއްގެ ރޯލު ފާތިމާ ކުޅުނު 2016 ގެ "ޑަންގަލް" އެވެ. އޭގެ ފަހުން އެ ދެ މީހުން އެކީގައި 2018 ގެ "ތަގްސް އޮފް ހިންދުސްތާން" ވެސް ކުޅުނެވެ.

އާމިރާއި ފާތިމާ ރައްޓެވެގެން އުޅޭ ކަމަށް މީޑިއާތަކުގައި ދެކެވޭތީ ފާތިމާ ބުނެފައި މީގެ ކުރިން ވަނީ އޭނައާ ބެހޭ ގޮތުން ދެކެވޭ އެ ޒާތުގެ ވާހަކަތަކަށް އެއްވެސް ރައްދެއް ދޭން ބޭނުން ނުވާ ކަމަށެވެ.

އާމިރާއި ކިރަން ރާއޯގެ ކައިވެނި 2021 ގައި ރޫޅާލަން ނިންމިކަން އިއުލާންކުރުމާ އެކީ، ތިން ކުދިން ތިބި އާމިރު ދެން ކައިވެނި ކުރާނީ ފާތިއާއާ ކަމަށް ބުނެ ވަރަށް ބޮޑަށް ވާހަކަ ދެކެވިފައިވެ އެވެ. އަދި ފާތިމާއާ އެކީ އާމިރުގެ އާއިލާއާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެކެވެ.

އެކްޓިން އިން މި ވަގުތު ބްރޭކެއް ނަގައިގެން ހުރި އާމިރު މިހާތަނަށް ދެ ކައިވެންޏެއްކޮށްފައިވާ އިރު، އަލަތު ކައިވެނި ރޫޅުނު އިރު، ލިބުނު ދެ ކުދިން ކަމަށްވާ ޖުނައިދު ޚާނާއި އިރާ ޚާނަކީ މިހާރު ޒުވާނުންނެވެ. އެ މީހުންގެ މަންމަ އަކީ ރީނާ ދައްތާ އެވެ.

އިރާ މިދިޔަ އަހަރު ވަނީ ލޯބިވެރިޔާ ނުޕޫރް ޝިކާރޭއާ އެންގޭޖް ވެސް ވެފަ އެވެ.