Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ހައްޖާ ގުޅޭ މައުލޫމާތު ސެޝަނެއް އައްޑޫގައި

ހައްޖުގެ އަޅުކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ރޭ އައްޑޫގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

މި ސެޝަން އޮންނާނީ މާދަރޭ އައްޑޫ ހައި ސްކޫލްގަ އެވެ. ސެޝަން ކުރިއަށް ދާނީ ރޭގަނޑު 8:30-10:30 އަށެވެ. ސެޝަންގައި މައުލޫމާތު ދެއްވާނީ އައްޑޫގެ ތިން ޝެއިހެކެވެ. އެއީ ޝެއިހް އިބްރާހީމް ރުޝްދީ އާއި ޝެއިހް ހުސައިން ފަހުމީގެ އިތުރުން ޝެއިހް އަލީ ޝައުޒޫނެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ގާތްވެފައި ވަނިކޮށް އައްޑޫގައި ހައްޖާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން އަމާޒުކޮށްފައި ވަނީ މި އަހަރު ހައްޖަށްދާ މީހުންނާއި ކުރިއަށް އޮތް ތަނުގައި ހައްޖަށް ދާން ގަސްތުކޮށްފައިވާ މީހުންނަށެވެ. އެހެންވެ މާދަމާ ރޭގެ ސެޝަން ވާނީ ހައްޖަށް ތައްޔާރުވާ މީހުންނަށް ވަރަށް އަގުހުރި މައުލޫމާތު ލިބޭނެ ސެޝަނަކަށް ވާނެ އެވެ.

ހައްޖަކީ އިސްލާމް ދީންގެ ފަސް ވަނަ ރުކުނެވެ. މިއީ ކުޅަދާނަކަން ލިބިގެންވާ މީހާ އުމުރުން އެއް ފަހަރު އަދާކުރަން ވާޖިބު އަޅުކަމެކެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށްދާ މީހުންނ ފުރަން ފަށާނީ އަންނަ މަހުގެ 12 އިން ފެށިގެންނެވެ. މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ.