Last Updated: July 27, 09:39
Saturday, July 27, 2024
މުނިފޫހިފިލުވުން

އަކްޝޭގެ ފިލްމަކަށް އަނެއްކާ ވެސް ސާރާ

އަކްޝޭ ކުމާރާ އެކު "އަތުރަންގީ ރޭ" ގައި މަސައްކަތްކުރި ބޮލީވުޑްގެ ޒުވާން ބަތަލާ އަނެއްކާ ވެސް އަކްޝޭގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ފިލްމަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ "ސްކައި ފޯސް" ކަމަށެވެ. މިއީ އަންނަ މަހުގެ 2 ގައި ރިލީޒްކުރާ ސާރާގެ އާ ފިލްމު "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ސަންދީކް ކެލްވާނީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އެއްޗެކެވެ.

އަންނަ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށަން އަމާޒު ހިފާފައިވާ "ސްކައި ފޯސް" އަށް ސާރާ ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު، މީގެ ކާސްޓްގައި ނިމްރިތު ކޯރް ވެސް ހިމެނެ އެވެ. އޭނަ އަކީ އަކްޝޭގެ 2016 ގެ "އެއާލިފްޓް" ކުޅުނު ބަތަލާ އެވެ.

އަކްޝޭ، 55، އާ އެކީ ސާރާ، 27، އަލުން މަސައްކަތްކުރަން ހަމަޖެހިފައިވާ އިރު، އޭނަގެ ބައްޕަ ސައިފް އަލީ ޚާން ވެސް އަކްޝޭއާ އެކީ ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި "މޭ ކިލާޅީ ތޫ އަނާޅީ"، "ޔޭ ދިއްލަގީ" އަދި "ތަޝަން" ހިމެނެ އެވެ.