Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

އަލްބާ 11 އަހަރަށް ފަހު ބާސާ ދޫކޮށްލަނީ

މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން އެ ކްލަބްގެ ސްޕެއިން ފުލްބެކް ޖޯޑީ އަލްބާ ނިންމައިފި އެވެ.

އަލްބާ ،34، ބާސާއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތް ނަމަވެސް ދެ ފަރާތުން ވެސް ވަނީ މި ސީޒަނަށް ފަހު ކޮންޓްރެކްޓް އުވާލަން ނިންމައިފަ އެވެ.

ވެލެންސިއާ އިން 2012 ވަނަ އަހަރު ބާސާއާ ގުޅުނު އަލްބާ ވަނީ އެ ކްލަބަކާ އެކު ސްޕެނިޝް ލީގު ހަ ފަހަރު، ސްޕެނިޝް ކަޕް ފަސް އަހަރު އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފަ އެވެ. އަލްބާ ވަނީ ބާސާ އަށް 458 މެޗު ކުޅެދީފަ އެވެ.

އަލްބާގެ އިތުރުން މި ސީޒަނަށް ފަހު ބާސާ ދޫކޮށްލަން އެ ކްލަބުގެ ކެޕްޓަން އަދި ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ވެސް ވަނީ ނިންމައިފަ އެވެ.