Last Updated: June 2, 10:18
Friday, June 2, 2023
ޚަބަރު

ވެމްކޯގެ ވަޒީފާތަކެއް އައްޑޫގައި

އައްޑޫގައި ކުނި ނެގުމުގެ ހިދުމަތް ދެމުން އަންނަ ވެމްކޯ އިން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން އައްޑު އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ސީނިއާ މެއިންޓަނަންސް އޮފިސަރު، މެޝިން އޮޕަރޭޓަރު، އޮޕަރޭޓަރު، އިންސިނޭޓަރު އޮޕަރޭޓަރު، ޓެކްނީޝަން، ސީނިއާ އޮޕަރޭޝަންސް އޮފިސަރު އަދި މެކޭނިކް ހިމެނެ އެވެ. މި މަގާމުތަކަށް ޖުމްލަ 22 މުވައްޒަފުން ބޭނުންވާ އިރު، މަގާމުތަކުގެ މުސާރަ އުޅެނީ 12،000-20،000ރ. އާ ދެމެދުގަ އެވެ.

ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް ވެމްކޯ އިން އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 6 އާ ހަމައަށެވެ.

ވެމްކޯގައި އައްޑޫގައި ހިދުމަތް ދެމުން އަންނަނީ 2017 އިން ފެށިގެންނެވެ. އެގޮތުން މިހާރު ވެސް ކުންފުނީގެ އައްޑޫ ބްރާންޗްގައި ގިނަ އަދަދެއްގެ މުވައްޒަފުން އުޅެ އެވެ.