Last Updated: July 27, 06:33
Saturday, July 27, 2024
ކުޅިވަރު

އިޓާލިއަން ކަޕްގެ ޗެމްޕިއަނަކީ އިންޓަ

ފިއޮރެންޓީނާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކުރި ހޯދައި، އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން އިންޓަ މިލާނުން ހޯދައިފި އެވެ.

މިއީ އިންޓަ މިލާނުން އިޓާލިއަން ކަޕް ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ.

އިޓަލީގެ ސްޓޭޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ފިއޮރެންޓީނާ އިންނެވެ. މެޗުގެ ތިންވަނަ މިނެޓްގައި މި ގޯލު ފިއޮރެންޓީނާ އަށް ކާމިޔާބުކޮށްދިނީ ނިކޯ ގޮންޒާލޭސް އެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނެޓްގައި އިންޓަގެ އާޖެންޓީނާ ފޯވާޑް، ލައުޓާރޯ މާޓިނޭޒް ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 37 ވަނަ މިނެޓްގައި މާޓިނޭޒް ވަނީ އިންޓަ އަށް ލީޑު ނަގައިދީފަ އެވެ.

އިޓާލިއަން ކަޕް އިންޓަ އިން ހޯދިއިރު އަންނަ މަހުގެ 10 ވަނަ ދުވަހު އެޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނިކުންނާނެ އެވެ. އަދި އަންނަ މަހުގެ 7 ވަނަ ދުވަހު ޔޫއެފޭ ކޮންފަރެންސް ލީގުގެ ފައިނަލްގައި ފިއޮރެންޓީނާ އިން ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ނިކުންނާނެ އެވެ.