Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

އަންނަ މަހު މިއުޒިކް ފެސްޓިވަލެއް ބާއްވަނީ

ރާއްޖޭގައި މިއުޒިކް ފެސްޓިވަލެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

މިއީ ރާއްޖޭގައި މާކެޓިން/ޕީއާރްގެ މަސައްކަތް ކުރާ ބްލިންކްސް މީޑިއާ އިން ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން "މޯލްޑީވްސް މިއުޒިކް ފެސްޓް" ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ އިވެންޓެކެވެ. މި އިވެންޓްގެ ޕާޓްނަރުންނާ އެކީ އިއްޔެ ވަނީ ސޮއި ވެސްކޮށްފަ އެވެ.

ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ހުނަރު ދައްކާލައި އެ މީހުން ކުރިއެރުމުގެ މަގުސަދުގައި ބާއްވާ މިއުޒިކް ފެސްޓިވަލް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 އާއި 16 ގައި އޮލިމްޕަސް ސިނެމާގަ އެވެ. މީގައި ބައިވެރިވާން ބޭނުންވާ މިއުޒިޝަނުންނާއި ބޭންޑްތަކަށް މިހާރު ވަނީ ބައިވެރިވާން ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

ބްލިންކްސް މީޑިއާގެ އިންސްޓަގްރާމް މެދުވެރިކޮށް ފެސްޓިވަލްގައި ޕަފޯމްކުރަން ރިކްއެސްޓްކުރެވޭނެ އެވެ.

"މޯލްޑިވްސް މިއުޒިކް ފެސްޓް" ގެ ގޯލްޑް ޕާޓްނަރުންނަކީ ލޮޓަސް ބައިކް ޝޮޕާއި ކޮކަ ކޯލާއެވެ. އަދި ސިލްވާ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސާއި ޑަޔާނާ ޓްރޭޑިންގެ އިތުރުން ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އެވެ. އިވެންޓްގެ އިވެންޓުގެ ހޮޓަލް ޕާޓްނަރަކީ ހޮޓެލް އެވެ. މީޑިއާ ޕާޓްނަރަކީ އެސްއެސްނެ ޓްއެވެ. ލެޑް ވިޝުއަލް ޕާޓްނަރަކަމަށް ޓެކް ވޭވް ހަމަޖައްސާފައިވާ ސައުންޑް އެންޑް ލައިޓް ޕާޓްނަރަކީ އޯލް އެޑިޝަން މޯލްޑިވްސް އެވެ. އިވެންޓުގެ ބެވަރޭޖް ޕާޓްނަރަކީ ޗާޖްޑް އަދި ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލެބް އެވެ.

މީގެ އިތުރުން "މޯލްޑިވްސް މިއުޒިކް ފެސްޓް" ގެ ސަޕޯޓިން ޕާޓްނަރުންނަކީ ފަންނުގެ ދަރިންނާއި މިޔުޒިޝަންސް ޔޫނިއަން އޮފް ދަ މޯލްޑިވްސް އެވެ.