Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ޕްލާންޓް-ބޭސްޑް ޑައިޓް؛ ހިތަށް މާ ރަނގަޅު!

ތަރުކާރީ އާއި މޭވާގެ ބާވަތްތަކުން ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޑެންމާކްގެ ރިސާޗަރުންގެ ޓީމަކުން ހެދި ދިރާސާއިން ދައްކާ ގޮތުގައި "ޕްލާންޓް-ބޭސްޓް" ޑައިޓް ގެންގުޅޭ ނަމަ ހިތަށް ދިމާވާ ތަފާތު މައްސަލަތަކުން ދުރުކޮށް، ދުޅަހެޔޮ ސިއްހަތަކަށް ވަރަށް ބޮޑަށް ބާރު އަޅަ އެވެ. އެގޮތުން ލޭގައި އެކުލެވޭ ކޮލެސްޓްރޯލާއި ފެޓްގެ މިންވަރު ދަށްކޮށްދެ އެވެ. މީގެ ސަބަބުން ހާޓްއެޓޭކާއި ސްޓްރޯކް ފަދަ ހިތަށް ދިމާވާ ބޮޑެތި ސިއްހީ މައްސަލަތަކުން ރައްކާތެރިކޮށްދޭން މަގުފަހިވެ އެވެ.

ޔޫރަޕިއަން ހާޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގިނަ އަދަދަކަށް އެކުލެވޭ ޑައިޓްތަކުން ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު 10 ޕަސެންޓަށް ދަށްކޮށްދޭ އިރު، މުޅި ޖުމްލަ ކޮލެސްޓްރޯލް ލެވެލް ހަތް ޕަސެންޓަށް ދަށްކޮށްދެ އެވެ. މީގެ އިތުރުން ނުރަނގަޅު ކޮލެސްޓްރޯލްގައި އެކުލެވޭ ޕްރޮޓީންގެ ނިސްބަތް 14 ޕަސެންޓަށް ދަށްކޮށްދެ އެވެ.

އެހެންވެ ދިރާސާގައި ވަރަށް ބޮޑަށް ކެއުމުގެ ވައްޓާޅި އަށް ގެންނަ ހެޔޮ ބަދަލުތަކާ އެކީ "ޕްލާންޓް-ބޭސްޑް" ޑައިޓްތަކަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. މި ބާވަތުގެ ޑައިޓަކީ ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑަށް އާންމުވެސް ވަމުން އަންނަ ޑައިޓެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އަންދާޒާކޮށްފައިވާ ގޮތުގައި ހިތުގެ މައްސަތަކާ ގުޅިގެން އަހަރު މުޅި ދުނިޔެއިން 18 މިލިއަން މީހުން މަރުވެ އެވެ.