Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އޮސްޓްރޭލިއާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވައިފި

އަލަށް އޮސްޓްރޭލިއާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވައިފި އެވެ.

އެ ގައުމުގެ އެމްބަސީއެއް ރާއްގޭގައި ހުޅުވަން ނިންމިކަން އިއުލާންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ. އެ އެމްބަސީ ހުޅުވިކަން އިއްޔެ އިއުލާނުކޮށް ސްރީ ލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަނުން ބުނީ، މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވާފައިވެ އެވެ.

އޮސްޓްރޭލިއާގެ އެމްބަސީ ހުޅުވީ ހޮޓެލް ޖެންގެ ފަސް ވަނަ ފަންގިފިލާގަ އެވެ.

ގިނަ ގައުމުތަކުން ރާއްޖެއާ ގުޅުންހުރި ޑިޕްލޮމެޓިކް ކަންކަން ކުރިއަށް ގެންދަނީ ލަންކާގައި ހުންނަ އެ ގައުމުގެ އެމްބަސީތައް މެދުވެރިކޮށެވެ. އެގޮތުން އޮސްޓްރޭލިއާ އާއިު ރާއްޖޭގެ މުއާމަލާތް ހިންގަމުން އައީ ލަންކާ މެދުވެރިކޮށެވެ. އަދި އެ ގައުމުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވިޔަސް އަދިވެސް ޕޯސްޕޯޓާއި ވިސާ ފަދަ ކޮންސިއުލާ ހިދުމަތްތައް ދޭނީ ލަންކާގައި ހުންނަ ހައި ކޮމިޝަނުންނެވެ.