Last Updated: April 20, 14:10
Saturday, April 20, 2024
ދުނިޔެ

އިމްރާންގެ ޕާޓީ އުވައިލާނެކަމުގެ އިންޒާރެއް

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ ތަހްރީކޭ އިންސާފު (ޕީޓީއައި) އުވައިލާނެކަމުގެ އިންޒާރު ސަރުކާރުން ދީފި އެވެ.

އެ ގައުމުގެ ޑިފިންސް މިނިސްޓަރު ހަވާޖް އާސިފް އިއްޔެ ވިދާޅުވީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގޭ ގޮތަށް އިމްރާންގެ ޕާޓީ އުވައިލުމާ މެދު ސަރުކާރުން މިހާރު ވަރަށް ސީރިއަސްކޮށް ވިސްނަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 9 ގައި އިމްރާން ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކުރުމާއި ފަހުން އޭނަ ކަފާލާތުބް ދަށުން ދޫކޮށްލި ނަމަވެސް ޕާޓީގެ މެމްބަރުން ގައުމުގެ ހަމަޖެހުމާއި އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޕީޓީއައި އިން ދަނީ ގައުމުގެ އަސާސްތައް މުގުރާލައި ހަމަޖެހުން ނަގާލަމުން. މިއީ މީގެ ކުރިން މި ގައުމުން ފެނުނު މަންޒަރުތަކެއް ނޫން،" މިނިސްޓަރު ވިދާޚުވި އެވެ. "އަދި މިކަން އަހަރެމެން ތަހަމައްލެއް ވެސް ނުކުރާނަން،. އެހެންވެ ޕީޓީއައި އުވާލަން ސަރުކާރުން ވިސްނަނީ."

އިމްރާނަށް ކުރާ ދައުވާތަކާ ގުޅިގެން ޕާޓީގެ މެމްބަރުން ހޫނުވެ، ލޭ ކެކި މަގުތަތަކަށް ބޮޑެތި ހަމަނުޖެހުންތައި ސަލާމަތީ ބާރުތަކާ ވެސް ކުރިމަތިލުން ހިންގާފައިވެ އެވެ. އަދި މިފަދަ ހަމަނުޖެހުންތަކާ ގުޅިގެން އެތައް ބަޔަކު މަރުވެފައިވެ އެވެ.

އިމްރާނަކީ ބޮޑުވަރީޒަކަށް ހުންނަވަނިކޮށް މިދިޔަ އަހަރުގެ ކުރީކޮޅު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފައިވާ ބޭފުޅެކެކެވެ.