Last Updated: May 11, 11:51
Sunday, May 11, 2025
މުނިފޫހިފިލުވުން

ރިއަލްމީ ފޯނުގެ އެމްބެސެޑަރަކަށް ޝާހްރުކް

ރިއަލްމީ ބްރޭންޑް ފޯނުގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ހަމަޖައްސައިފި އެވެ.

ޗައިނާގެ ކުންފުނިން އޭނަ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސުމަށް ފަހު ބުނީ ޝާހްރުކާ އެކީ ގެންދެވޭ ޕްރޮމޯޝަނަލް ކެމްޕޭންތަކުގެ ސަބަބުން ފޯނަށް ބޮޑު މަގުބޫލު ކަމެއް ލިބޭނެ ކަމަށެވެ. އަދި ރިއަލްމީ ކަހަލަ ބްރޭންޑެއް އިޝްތިހާރުކޮށް ދޭން ޝާހްރުކަކީ އެއް ވަނައިގެ ތަރިއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އޭނައާ އެކީ ރިއަލްމީގެ އެންމެ ފަހުގެ ފޯނުތައް އިޝްތިހާރު ކުރާނީ "ޑެއާ ޓު ލީޕް" ޓެގް ލައިނާ އެކީގަ އެވެ.

ޝާހްރުކް، 57، އަކީ މިހާރު ވެސް ގިނަ ބްރޭންޑްތަކެއް އެންޑޯޒްކޮށްދޭ އަދި ބޮލީވުޑްގެ ތަރިންތަކުގެ ތެރެއިން ކުންފުނިތަކުގެ އުފެއްދުންތައް ޕްރޮމޯޓްކޮށް ދީގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކެކެވެ.