Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އެމްއާރްއެމަކީ ފިކުރެއް، ނައްތައެއް ނުލެވޭނެ

ތިންހާސް މެމްބަރުން ހަމަނުވާތީ އުވައިލަން ނިންމި ޕާޓީ، އެމްއާރްއެމަކީ އިސްލާމީ ފިކުރެއް ކަމަށާއި އެ ނައްތައި ނުލެވޭނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިއަދު ވަރަށް ކުރުކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިސްލާހަކީ ފިކުރެއް" ކަމަށެވެ.

ގާނޫނުގައި ބުނާ ވަރަށް މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަން އީސީ) އިން ނިންމީ އިއްޔެ އެވެ. އެކަމާ ގުޅިގެން އެމްއާރްއެމްގެ ފާޑުކިޔުންތަކާއި ތުހުމަތުތަކެއް އީސީ އަށް އަމާޒުވެފައިވެ އެވެ. އަދި ޕާޓީ އުވައިލަން ނިންމި މައްސަލާގައި ކޯޓަށް ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެމްއާރްއެމަށް މިހާރު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

އެމްއާރްއެމަކީ މައުމޫން ކުރިން އުފެއްދެވި ޕީޕީއެމް އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް "ފޭރިގަތުމުން" އުފެއްދެވި ޕާޓީއެކެވެ.