Last Updated: July 27, 19:05
Saturday, July 27, 2024
މުނިފޫހިފިލުވުން

"ކަޅަކި" އޮކްޓޯބަރުގައި ސިނަމާ އަށް

ޝޫޓްކޮށް ނިމިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ބިރުވެރި ފިލްމު "ކަޅަކި" މި އަހަރުގެ އޮކްޓޯބަރު މަހު ބެލުންތެރިންނަށް ގެންނަން ނިންމައިފި އެވެ.

މިކަން ފިލްމުގެ ޓީމުން އޭގެ ޓީޒާއަކާ އެކީ އިއުލާންކުރި ނަމަވެސް ޕްރީމިއާކުރާނެ ވަކި ތާރީހެއް ހާމައެއްނުކުރެ އެވެ. ސްރީ ލަންކާގައި 2020 ގެ ކުރީކޮޅު ޝޫޓްކުރި "ކަޅަކި" އަކީ ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް، ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ.

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ "ލޯބިވެވިއްޖެ" ގެ ކާސްޓްގައި ހިމެނޭ އަލީ ސީޒަނާއި އައިމިނަތު ރިޝްފާ ވެސް ރޯލުތަކެއް ކުޅެފައިވާ "ކަޅަކި" އިން ފެންނާނެ ތަރިންގެ ތެރޭގައި މުހައްމަދު މަނިކު، ވާޝިޔާ މުހައްމަދު (ޝިޔާ) އަދި މުހައްމަދު ފައިސަލް ހިމެނެ އެވެ.