Last Updated: June 2, 06:59
Friday, June 2, 2023
ޚަބަރު

ހައިލަމް ޖޭޕީ އަށް ސޮއިކޮށްފި

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް، ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި އެވެ.

ހައިލަމް ޖޭޕީ އަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގެންނެވީ ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބައްލަވަން ހުންނެވީ ހައިލަމް އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައާ ގުޅިގެން ޖޭއެސްސީން ވަނީ އޭނާ މަގާމުން ވަކިކުރުމަށް ނިންމައި މަޖިލީހަށް މައްސަލަ ފޮނުވާފަ އެވެ.

ނަމަވެސް މަޖިލީހުގައި މި މައްސަލަ ފެށުމުގެ ކުރިން ހައިލަމް ވަނީ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ.