Last Updated: March 28, 16:35
Thursday, March 28, 2024
ޚަބަރު

8 ގައުމެއްގައި ވޯޓް ފޮށި ބަަހައްޓަނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 8 ގައުމެއްްގައި ވޯޓްފޮށި ބެހެެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގައި 8 ގައުމެއްްގެ ނުވަ ސިޓީއެއް ގައި ވޯޓްފޮށި ބެހެެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ގައުމުތަކުގައި ވޯޓްފޮށި ބަހައްޓާނީ ވޯޓްލާން 150 ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފިނަމަ އެވެ. އެ ގައުމުތަކަކީ؛

އިންޑިއާގެ ޓްރިވެންޑްރަމް އަދި ނިއު ދިއްލީ

ސްރީލަންކާގެ ކޮލަމްބޯ

މެލޭޝިޔާގެ ކުއަލަލަމްޕޫރު

ސިންގަޕޫރު

އިނގިރޭސިވިލާތުގެ ލަންޑަން

ތައިލެންޑްގެ ބެންކޮކް

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އަބޫދާބީ

ޖަޕާނުގެ ޓޯކިޔޯ

ރިޔާސީ އިންތިހާބުގެ ވަގުތީ ލިސްޓުން ދައްކާގޮތުން ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282،755 މީހުނަށް ލިބޭއިރު އެއީ 144،408 ފިރިހެނުންނާއި 138،347 އަންހެނުން ނެވެ.

އިލެކްޝަނުން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފަ އެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ގެ ނިޔަލަށް އޮންނާނެ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.