Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ސިވިލް ސާވިސް މުވައްޒަފުން ނަމޫނާ ބަޔަކަށް ވާންޖެހޭ

ފްރަންޓްލައިން ސިވިލް ސަރވިސް މަސައްކަތްތެރިންނަކީ، ޚިދުމަތުގެ ޕްރޮސެސްތައް ހަރުދަނާކޮށް، އަދި ރައްޔިތުންނަށް އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ތިބޭ އެހެން ފަރާތްތަކަށް ނަމޫނާ ބަޔަކަށް ވުމަށް ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފި އެވެ.

ފައިސަލް މިކަމަށް އެދިވަޑައިގަތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ސަރުކާރުގެ ޚިދުމަތުގެ ވޯކްސްޓްރީމްގެ ދަށުން ކުރިއަށް ގެންދިޔަ "ޓްރެއިން ދަ ޓްރެއިނާސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވަނީ ޕަބްލިކް ސެކްޓަރ ކުރިއެރުވުމުގައި ޔޫއޭއީގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.އަދި ޔޫއޭއީގެ ތަޖުރިބާއިން އުނގެނުމުގެ އަގުހުރި ފުރުޞަތު ޤަބޫލުކުރައްވައި، ޢާންމު ޚިދްމަތް ފޯރުކޮށްދިނުމާއި، ޕަބްލިކް ސެކްޓަރ އިޞްލާޙުކުރެއްވުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ފަންސާސް ބައިވެރިން ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާލާފައިވާއިރު، މި ޕްރޮގްރާމުގައި ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތާއި ގުޅިގެން ، އެންމެ ފަހުގެ ތިއަރީތަކާއި ކޮންސެޕްޓްތަކާއި ބެސްޓް ޕްރެކްޓިސްތަކާއި ޓެކްނިކްސްގެ ފުރިހަމަ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ.) އާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި.) އާއި ފޮރިން ރިލޭޝަންސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޑިވިޝަން ގުޅިގެން ކޮށްފައިވާ މަސައްކަތުންނެވެ.