Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

ދޮންނަ މެޝިން ގަތުމުން މައިކްރޯވޭވެއް ލިބޭނެ

އެސްޓީއޯ "ދޮވުނީ ހިކުނީ" ޕްރޮމޯޝަން / ފޮޓޯ: އެސްޓީއޯ

މިއަހަރުގެ ފެބްރުއަރީ މަހު ބާޒަރަށް ނެރުނު ހިޓާޗީ ދޮންނަ މެޝިން ދެ މަސް ތެރޭ ރާއްޖޭގެ ބާޒާރަށް އެސްޓީއޯއިން ތަޢާރަފްކޮށްފިއެވެ.

މިމެޝިން ރާއްޖޭގެ ބާޒަރަށް ތަޢާރަފްކޮށް ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. އެގޮތުން "ދޮވުނީ ހިކުނީ" ނަމުގައި ފެށި މި ޕްރޮމޯޝަން މިމަހުގެ 22 އިން އަންނަ ޖޫން މަހުގެ 22 ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. ޕްރޮމޯޝަންގެ ދަށުން މެޝިންއާއި އެކު ހިލޭ މައިކްރޯވޭވް އަވަންއެއް ލިބޭއިރު އެސްޓީއޯ ކްރެޑިޓް ސްކީމަށް އަދި އެހެން ސްކީމްތަކަށް ނަންގަވާ ބޭފުޅުންނަށްވެސް މި ޕްރޮމޯޝަންގެ ދަށުން އަވަން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީ ދޮންނަ މެޝިނުގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން، އެސްޓީއޯއިން މި ޕްރޮމޯޝަންގައި ވިއްކައެވެ.
ދިވެހިރާއްޖޭގެ މާޙައުލާ ގުޅޭ މި މޮޑެލްތަކުގެ މެޝިންގައި ހިމެނެނީ ދޮވުމުގެ ގާބިލްކަން 8 ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް އަދި ހިއްކުމުގެ ގާބިލްކަން 5 ކިލޯއިން ފެށިގެން 7 ކިލޯއާ ހަމައަށް ހުންނަ މެޝިން ތަކެކެވެ.

އިތުރަށް ހިއްކަން ނުޖެހި މެޝެނުން ކަބަޑަށްލެވޭވަރަށް ހިއްކާލެވޭ، މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާ ބަލާއިރު އަގުގޮތުންވެސް ހެޔޮ މެޝިންތަކެކެވެ. އެއް އަހަރު ދުވަހުގެ ގެރެންޓީއާއެކު ވިއްކާ މި މެޝިންތަކުގައި ހަކަތަރި ލޭބަލް ޖެހުމަށްވެސް ވަނީ ނިންމާފައެވެ. ހަކަތަރި އަކީ ކަރަންޓު ޙަރަދު ކުޑަ ސާމާނުގައި ރާއްޖެއިން ޖަހާ ލޭބަލެކެވެ.

އެސްޓީއޯއަކީ އެންމެ ފުރަތަމަ ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށި ކުންފުންޏެވެ. އެގޮތުން ހިޓާޗީ ބްރޭންޑްގެ އޭސީތަކުގައި ވަނީ ހަކަތަރި ލޭބަލް ޖަހައިގެން ވިއްކަން ފަށާފައެވެ.