Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

މިސްޓަ މޯލްޑިވްސްގެ ސްޕޮންސަރަކަށް އާބަންކޯ

ބޮޑީ ބިލްޑިން އެސޯސިއޭޝަނާއި އާބަންކޯ ދެމެދު ވެވުނު އެއްބަސްވުން / ފޮޓޯ: އާބަންކޯ

މިއަހަރު ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ ބޮޑު ދެ މުބާރާތެއް ސްޕޮންސަރ ކުރުމުގެ އެއްބަސްވުމުގައި ބޮޑީ ބިލްޑިންގް އެސޯސިއޭޝަނާއި އާބަންކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަތީފެވެ. އަދި ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދެވެ. އެއްބަސްވުމުގެ ދަށުން ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ ދެ މުބާރާތެއްގައި ސްޕޮންސަރެއްގެ ގޮތުން އާބަންކޯ އެހީވެދޭނެއެވެ.

އެއީ އެސޯސިއޭޝަންގެ ފަރާތުން ބާއްވާ މިސްޓަރ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރ، އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް ގެ ކޯ – ސްޕޮންސަރ އެއްގެ ގޮތުގައެވެ. މި ދެމުބާރާތްވެސް އޮންނާނީ ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައެވެ.
https://twitter.com/hdcmaldives/status/1661708725571452930?s=20
މިސްޓަރ މޯލްޑިވްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް މާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ދެ މުބާރާތުން ވެސް ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި، އެހެނިހެން އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަރބަންކޯއިން މި ދެ މުބާރާތުގައި ހަރަކާތްތެރިވުމަށް ބޮޑީބޮލްޑިންގ އެސޯސިއޭޝަނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުޅިވަރުތަކާއި، ޒުވާނުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުމަށް އަރބަންކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް އެކުންފުނިން ބުނެއެވެ.