Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

އެމްޕީއެލްގެ އިންޓާންޝިޕަށް ހުޅުވާލައިފި

އެމްޕީއެލްގެ ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމުގެ ތެރެއިން / ފޮޓޯ؛ ްއެމްޕީއެލް

މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ސާނަވީ އަދި މަތީ ސަނާވީގައި ތަޢުލީމު ހާސިލް ކުރަމުން ގެންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް، މަސައްކަތުގެ މާހައުލުގައި ޢަމަލީ ހުނަރު ދަސްކޮށްދީ، ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި، ބައިވެރިވުމުގެ ފުރުސަތު މިމަހުގެ އެއްވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
https://twitter.com/Portmv/status/1661693680414261248
މި ޕްރޮގްރާމުގައި 7 ދާއިރާއަކުން ބައިވެރިން ތަމްރީން ހާސިލް ކުރާނެއެވެ. އެއީ މެކޭނިކްލް، ސިވިލް، މެރީން އަދި އެލެކްޓްރިކަލް އިންޖިނިއަރިންއާއި، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް ޑެވެލޮޕްމެންޓް އަދި މާކެޓިންގެ ދާއިރާއިންނެވެ. ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ފޯމް އޮންލައިންކޮށް ފުރާލެވޭނެއެވެ.

މި ޕްރޮގްރާމުގައި ހޮވޭ ބައިވެރިންނަށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތުދީ މެންޓަރއެއް ހަމަޖައްސާނެއެވެ.

އެމްޕީއެލްގެ ލާނިންގް އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުން ހިންގަން މި ޕްރޮގްރާމުގެ ފުރަތަމަ ބުރު މިދިޔަ ފެބްރުއަރީ މަހު ނިންމައި ސެޓްފިކެޓް ދީފައިވެއެވެ. މިފަހަރު ޕްރޮގްރާމް ކުރިއަށް ގެންދާނީ މިއަންނަ މަހުގެ 25 އިން ފެށިގެން އޯގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްޕީއެލްއިން ބުނެއެވެ.