Last Updated: May 11, 19:51
Sunday, May 11, 2025
ޚަބަރު

މަކުނުދޫ ގެއެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ

ހދ. މަކުނުދޫ ގެއެއްގައި ރޭ ރޯވެ، ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ރަށު އަލްފާ ގޭގައި ރޯވި އަލިފާން ނިއްވުމުގައި ރަށު ކައުންސިލާއި ރައްޔިތުންނާ އެކު އެ ރަށުގައި ޤާއިމްކޮށްފައި ހުންނަ ރާޑަ ސްޓޭޝަނުގައި މަސައްކަތް ކުރާ ސިފައިން ހަރަކާތްތެރި ކަމަށެވެ. އަލިފާން ރޯވެފައި ވަނީ އަލްފާ ގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ބައެއްގަ އެވެ.

ގުދަނާ އިންވެގެން އެ ގޭގެ ބަދިގެ ހުންނަ އިރު، މީހުން ދިރިއުޅޭ ބައި ހުންނަނީ ވަކިންނެވެ.

މި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިޔަސް ގުދަނަށާއި ބަދިގެއަށް ވަނީ ވަރަށް ބޮޑު ގެއްލުންތަކެއްވި އެވެ.