Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

ނުބައިބައި ކުޅޭ އެކްޓަރުގެ ދެވަނަ ކައިވެންޏެއް

އާންމުކޮށް ފިލްމުތަމުގައި ނުބައިބައި ރޯލު ކުޅޭ އިންޑިއާގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އުމުރުން 60 އަހަރުގެ އަޝިޝް ވިދިއާތީ ދެވަނަ ކައިވެންޏެއްކޮށްފި އެވެ.

މީޑިއާތަކުން ބުނީ އޭނަ އިއްޔެ ކަލްކަތާގައި ކައިވެނިކުރީ ރުޕާލީ ބަރްއާ ކިޔާ ވިޔަފާވެރިއަކާ ކަމަށެވެ. މި ދެ މީހުންގެ ކައިވެނީގެ ހަފުލާގެ ފޮޓޯތަކެއް ވެސް އާންމުވެފައިވެ އެވެ. ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ އަޝިޝްގެ ފުރަތަމަ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަޝިޝް ކުޅުނު ބައެއް ހިންދީ ފިލްމުތަކުގެ ތެރޭގައި "ބިއްޗޫ"، "1942: އަ ލަވް ސްޓޯރީ"، "ބާޒީ"، "މިރުތިޔޫދާތާ" އަދި "ޖާންވަރު" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި "ކުއްތޭ" އެވެ.

އަޝިޝްގެ ކުރިއަށް އޮތް ފިލްމަކީ "ކޫފިޔާ" އެވެ.