Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

މިހާރު ބޮޑު ރަށެއް، ކުޑަ ރަށެއް ތަފާތެއް ނެތް

ރާއްޖެ ތަރައްގީކުރަން ކުރާ މަސައްކަތުގައި މިހާރު ބޮޑު ރަށެއް، ކުޑަ ރަށެއް ތަފާތު ނުކުރާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގަމުން އަންނަނީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުންތަކެއް ނޯންނަ ގޮތަށް ކަމަށެވެ.

އެގޮތުން މި ސަރުކާރުން ރައްޔިތުންނަށްދޭ ޔަގީން ކަމަކީ، ކުޑަ ރަށެއް އަދި ބޮޑުރަށެއް، ކުޑަ ކަމެއް އަދި ބޮޑު ކަމެއް ތަފާތު ނުކޮށް، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ހުއްޓުމެއް ނެތި އަދި މެދުކެނޑުމެއްނެތި ކުރިޔަށް ގެންދެވުން ކަމަށް ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުގެ ދައުރު ހަމަވާން ގާތްވާ އިރު، އެ ތަފާތާއި ބަދަލު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އިހުސާސްކުރެވޭނެ ކަމަށާއި ފެންނާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މުޅީ ރާއްޖެ ތަރައްގީވެ، ކުރިއަރައިގެން ދާނީ ހުރިހާ ރަށަކާ މެދު އެއް ހަމައެއްގައި އަޅާލައިގެން ކަމަށާއި މި ސަރުކާރުގެ އެ ސިޔާސަތުގެ މަތީގައި ސާބިތުވެ އޮންނާނެ ކަމަށެވެ.