Last Updated: June 2, 10:35
Friday, June 2, 2023
ޚަބަރު

އައްޑޫ ހޮސްޕިޓަލްގެ ހިތާނީ ކޭމްޕަށް ހުޅުވާލައިފި

މި އަހަރުގެ ސްކޫލް ބަންދާ ބޮޑު ބަންދާ ދިމާކޮށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކުރިއަށް ގެންދަން ނިންމާފައިވާ މި އަހަރުގެ ހިތާނީ ކޭމްޕްގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ރަސްމީކޮށް ރަޖިސްޓްރީކޮށް ދޭން ފަށާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ. ރަޖިސްޓްރީވާން އޭއީއެޗްގެ ހޮޓްލައިން 1632 ނުވަތަ 7379951 އަށް ގުޅައިގެން ރަޖިސްޓްރީވެވޭނެ އެވެ. "ސާކަމްސިޝަން ކޭމްޕް 2023" ފަށާނީ ޖުލައި 2 ގަ އެވެ.

އެގޮތުން ރަޖިސްޓްރީވާ ތަރުތީބުން އޭއީއެޗްގައި ކުދިން ހިތާނީ ކޭމްޕް ކުރިއަށް ދާނެ އެވެ. މި ކޭމްޕް އޭއީއެޗުން ބާއްވަމުން އަންނަނީ ކޮންމެ ފަހަރު ވެސް ކުދިންނާ ވަރަށް ގުޅާ މާހައުލަކާ އެކީގަ އެވެ. އަދި ކޭމްޕްގެ ތެރޭގައި ހިތާނުކުރާ ކުދިންނަށް ހޮސްޕިޓަލުން ތަފާތު ހަދިޔާތައް ވެސް ދެ އެވެ.

މިދިޔަ އަހަރު ވެސް ހިތާނީ ކޭމްޕަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.