Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ސަތިއަޕްރޭމަކީ އެންމެ ފެވަރިޓް ކެރެކްޓާ: ކާތިކް

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ސަތިއަޕްރޭމް ކީ ކާތާ" ގައި ކުޅުނު ސަތިއަޕްރޭމް ކެރެކްޓާ އަކީ މިހާތަނަށް ފިލްމެއްގައި ކުޅުނު އެންމެ ފެވަރިޓް ކެރެކްޓާ ކަމަށާއި އެ ރޯލު ކުޅެން ލިބުނީތީ ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރާ ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިއަން ބުނެފި އެވެ.

އަންނަ މަހުގެ 29 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ޝޫޓިން ނިންމާލައި ސެޓުން ނަގާފައިވާ ފޮޓޯތަކަކާ އެކީ 32 އަހަރުގެ އެކްޓަރު ބުނީ ސަތިއަޕްރޭމް އަކީ ހިތުން ނުފިލާނެވަރުގެ ރޯލެއް ކަމަށެވެ. "ސަތިއަޕްރޭމް ކީ ކާތާ" އަކީ ވަރަށް ހާއްސަ ފިލްމެއް ކަމަށާއި އެ ފިލްމަށް ކުރެވުނު މަސައްކަތާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ކާތިކް ބުންޏެވެ.

"އަދި މި ފިލްމުގައި ކުޅުނު ރޯލަކީ އަހަރެންގެ އެންމެ ވަރުގަދަ ރޯލަށް ވެސް ވާނެ. ސަތިއަޕްރޭމް އަކީ އަހަންނާ ވަރަށް ކަނެކްޓްވާ ކަަލަ ރޯލެއް،" ސޯނޫ ކީ ޓިޓޫ ކީ ސްވީޓީ އާއި ޕިޔާރު ކާ ޕަންޗްނާމާ ފަދަ ފިލްމުތަކުގެ އެކްޓަރު ބުންޏެވެ. "މި ރޯލަކީ އަބަދު ވެސް އެއާ ދޭތެރޭ އަހަރެން އުފާކުރާނެ އަދި ފަހުރުވެރި ވާނެ ރޯލެއް."

ކާތިކާއި އާއި ކިއާރާ އަދުވާނީ ލީޑް ރޯލުން ފެންނާނެ "ސަތިއަޕްރޭމް ކީ ކާތާ" އަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ސަމީރު ވިދްވަންސް ޑައިރެކްޓްކޮށްފައިވާ ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ. މީގެ ހަފުތާއެއް ކުރިން މީގެ ބައެއް ޕޯސްޓަރުތަކާއި ޓީޒާއެއް ވެސް ދައްކާލާފައިވެ އެވެ.

ޓީޒާ އިން ފެންނަ ގޮތުގައި މިއީ 90 ގެ އަހަރުތައް ހަނދާން އާކޮށްދޭނެ، ވަރަށް ހިތްގައިމު ފިލްމަކަށް ވާނެ އެވެ.

ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި "ޝެހެޒާދާ" އެވެ. މިދިޔަ އަހަރު އޭނަގެ ވަރަށް މަގުބޫލު ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ ކިއާރާއާ އެކީ ކުޅުނު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އާއި އަލާޔާ ފަރްނީޗަރްވާލާއާ އެކީ ކުޅުނު ސައިކޮލޮޖިކަލް ތުރިލާ "ފްރެޑީ" އެވެ.