Last Updated: June 2, 06:59
Friday, June 2, 2023
ޚަބަރު

ގައުމީ ބެޑްމިންޓަން މުބާރާތް އަންނަ މަހު

މި އަހަރު ބާއްވާ 49 ވަނަ ގައުމީ ބެޓްމިންޓަން މުބާރާތް އަންނަ މަހު ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20-72 އަށް މާލޭގެ އިންޑޯ ބެޑްމިންޓަން ހޯލުގައި ކަމަށެވެ.

އެހެންވެ މި މުބާރާތުގައި ބައިވެރިވާ ޝައުގުވެރިވާ ކުޅުންތެރިންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މުބާރާތަށް އެދޭ ފޯމް އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު 3314057 އިން ހޯދޭނެ އެވެ.