Last Updated: July 27, 06:33
Saturday, July 27, 2024
ރިޕޯޓް

ހުޅުދޫ ގޭދޮށު މަސް ޕްލާންޓް: ނުނިމި 3 ވަނަ އަހަރަށް!

ހުޅުދޫ ގޭދޮށު މަސް ޕްލާންޓް ހަވާލު ކުރުމުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

އައްޑޫސިޓީ ހުޅުދޫ ގޭދޮށު މަސް ޕްލާންޓް ނިންމަން މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ، 2020 ވަނަ އަހަރު ޖުލައި މަހުއެވެ. އިންޑީއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް ޕްރޮޖެކްޓެއްގެ ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ ގޭދޮށު މަސް ޕްލާންޓް ތަރައްޤީކޮށް، މަސް ބަނދު ކުރެވޭ ނިޒާމު ރަށްރަށުގައި ޤާޢިމް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން މިއިން ކޮންމެ ޕްލާންޓަކުން 400-800 ޓަނާއި ދެމެދު މަސް ގަނެ ވެލިއު އެޑްކުރެވި ޕްރޮސެސް ކުރެވޭނެ ގޮތަށް މިތަންތަން ފަރުމާ ކުރުމަށް ވަނީ ހަވާލުކުރެވިފައެވެ. ނަމަވެސް 2020 ވަނަ އަހަރު ހާވާލު ކުރެވުނު މަސް ޕްލާންޓުގެ މަޝްރޫޢުގެ ތަކުގެ ތެރެއިން އައްޑޫގައި ކުރިއަށްދާ އެއްވެސް މަޝްރޫޢެއް މިހާތަނަށް ނިމިފައި ނުވެއެވެ.

ހުޅުދޫ ދައިރާގެ މެންބަރު އިލްޔާސް ލަބީބްގެ އާއިލާ ކުންފުންޏަކާއި ހަވާލު ކޮށްގެން ހުޅުދޫގައި ކުރިއަށް ގެންދާ ގޭދޮށު މަސް ޕްލާންޓަކީ އެއް މިސާލެވެ. މިމަސައްކަތް މެކޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެ މަސައްކަތް ނުނިމި ގިނަ ދުވަސްވެގެން އެންމެ ފަހުން ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ފާޑު ކިއުންވެސް މިކަމަށް ވަނީ އަމާޒުވެފައެވެ.
https://twitter.com/HassanImsad/status/1661446959213977601?s=20
އެބޭފުޅުން ސިފަ ކުރައްވާ ގޮތުގައި މިއީ ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި މަޑު ޖައްސާލައިގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މަޝްރޫޢު މަސައްކަތް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުގޮސް އޮތް އިރު މަސައްކަތް ނިންމަންދިން ތަރީޙު ފަހަނަޅާ ހިނގައްޖެއެވެ.

މިމަސައްކަތުގެ ކުރިއަށް ގޮސްފައިވާ މިންވަރާއި ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މަސައްކަތުގެ ސްޕީޑާއި ގުޅޭގޮތުން ކައުންސިލުގެ ބަހެއް ލިބިފައި ނުވި ނަމަވެސް، މިމަހުގެ ތެރޭ ކައުންސިލުން ޕްރޮޖެކްޓް ހިނގަމުންދާ ގޮތް ބަލަން ހުޅުދޫއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. މިގޮތުން ކައުންސިލުން ދިން މައުލޫމާތަށް ބަލާއިރު، ޕްރޮޖެކްޓުގެ މަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައެވެ.

އެގޮތުން އެންމެ ފަހުން މިއަހަރު މާރިޗު މަހަށް ޕްރޮޖެކްޓު ނިންމަން އެކުންފުނިން އެދުނު ކަމަށާއި، ނަމަވެސް އެ މުއްދަތު ފަހަނަޅާ ދިއުމުން އަނެއްކާވެސް އިތުރު ދެ މަސް ދުވަސް އިތުރުކޮށްދިނުމަށް ވަނީ އެދިފައި ކަމަށް ކައުންސިލުން ފާހަގަ ކުރެއެވެ. މިމަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނައުމަށް މިހާރު ދީފައިވަނީ ޖޫން މަހުގެ ނިޔަލަށް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި މަސައްކަތް ނިމުމާއި އެކު ޕްލާންޓް އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ސަރުކާރުން ހަވާލުކޮށްފައިވާ މިފަދަ ބައެއް މަޝްރޫޢުތައް ނިންމުމުގައި، ގިނަ މައްސަލަތައް އެބަހުއްޓެވެ. ކޯވިޑު ތެރޭ މަޝްރޫޢު ހަވާލު ކުރެވުނު ނަމަވެސް، ކޯވިޑު ހާލަތުން އަރައިގަނެ މަޝްރޫޢު ނިންމުމަށް ގާތްގަނޑަކަށް 3 އަހަރު ނެގުމަކީ މަދު ދުވަސްތަކެއް ނޫނެވެ. އޮޕަރޭޝަނަލައިޒްކޮށް މީގެއިން ރައްޔިތުންނަށް ފައިދާއެއް ވާނީ އަވަހަށް ނިމިގެންނެވެ.