Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ޓްރިވެންޑްރަމަށް އާ ކޮންސުލް ޖެނެރަލެއް

ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އާމިނަތު ޝިފާނާ ޢައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް ޝިފާނާ އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެވެ.

ޝާހިދު ވިދާޅުވީ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އޮފިޝަލެއްގެ ހައިސިއްޔަތުން ޝިފާނާއަށް ލިބިފައިވާ ތަޖުރިބާއިން މި މަޤާމުގެ މަސްޢޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

އަދި މި މަޤާމު ގެ ދައުރު ހަމަކުރައްވައި މިނިސްޓްރީއަށް އެނބުރި ވަޑައިގެންނެވި އެންމެ ފުރަމަތަ އަންހެން ކޮންސުލް ޖެނެރަލް، އާމިނަތު ޢަބްދުﷲ ދީދީ އަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.