Last Updated: July 15, 00:26
Monday, July 14, 2025
ޚަބަރު

އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މާލެ އިން ހުޅުމާލެ އަށް އަންނަ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މާލެ އިން ހުޅުމާލެއަށް އަންނަ ހައިވޭގައި ސައިކަލެއް ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފައިވާކަމަށް މިރޭ 12:04 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 43 އަހަަރުގެ ދިވެހި ފިިރިހެން މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ފަރުވާދޭން ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.