Last Updated: April 24, 10:23
Wednesday, April 24, 2024
ޚަބަރު

އެމްއެމްޔޫގެ ޖޮބް ފެސްޓިވަލް މިއަދު ފަށަނީ

ވަޒީފާގެ ފުރުސަތުތައް ހުރި ދިމާތައް އަންގައިދީ ވަޒީފާތައް ހޯދައިދޭން މަގުފަހިކޮށް ދިނުމުގެ ގޮތުން ގައުމީ ޔުނިވަސިޓީން މި އަހަރު ބާއްވާ ޖޮބް ފެސްޓިވަލް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.

"ފަހި ފުރުސަތު" ގެ ނަމުގައި ބާއްވާ ފެސްޓިވަލް ފަށާނީ ހަވީރު 4:00 ގަ އެވެ. މި ފެސްޓިވަލް މާލެ އާއި އެމްއެންޔޫގެ އަތޮޅު ތެރޭގެ ކެމްޕަސްތަކުގައި ވެސް ކުރިއަށް ދާނެ އެވެ. އެގޮތުން މި ޖޮބް ފެސްޓިވަލްގެ ތެރެއިން ރާއްޖެއިން ލިބެން ހުރި 6،000 އަށް ވުރެ ވަޒީފާފެ ފުރުސަތުތައް އެނގިގެން ދާނެ އެވެ. ޔުނިވަސިޓީން ބުނި ގޮތުގައި ފެސްޓިވަލްގައި 35 ފަރާތަކުން ބައިވެރިވެފައިވެ އެވެ.

ޖޮބް ފެސްޓިވަލްފައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވެ، އެތަންތަނުގައި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ޒުވާނުންނަށް ދޭނެ އެވެ. އެހެންވެ މިއީ އަލަށް ވަޒީފާ ހޯދަން އުޅޭ ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ނުކުންނަން ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

ޖޮބް ފެސްޓިވަލް ކުރިއަށް ދާނީ މިއަދާއި މާދަމާ އެވެ. އެއީ އެ ދުވަހުގެ ވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.