Last Updated: April 26, 05:59
Friday, April 26, 2024
ޚަބަރު

އާސަހަރާ އަޕްގްރޭޑްކުރަން ބަންދުކޮށްފި

މާލޭގެ އާސަހަރާ އަޕްގްރޭޑްކުުރަން ހިިންގަން ހަމަޖެހިފައިވާ މަޝްރޫއުގެ މަސައްކަތްތަކަށް އެތަން ބަންދުކޮށް، މީހުން ވަޅުލުން ހުޅުމާލެ އަށް ބަދަލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި އާސަހަރާ ތަރައްގީކުރަން ހިންގާ މަޝްރޫއުގެ މަސައްކަތް މިއަދު ފަށާނެ އެވެ. އަދި އެ މަސައްކަތް ދެ މަސް ތެރޭގައި ނިންމަން އޮތީ އަމާޒު ހިފައިފަ އެވެ. އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމީ ކައުންސިލްގެ 99 ވަނަ އާންމު ޖަލްސާގަ އެވެ.

އާސަހަރާގެ މަސައްކަތް މިއަދު ފެށި ނަމަވެސް ނަމާދު ވަގުތުތައް ނޫން ވަގުތު ކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެތަނު މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ސަހަރާ ތަރައްގީކުރަން ހަމަޖެހިފައި ވަނީ އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ޚާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އަދި ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއެއް ވެސް ހިމެނޭ ގޮތަށެވެ.