Last Updated: April 27, 20:44
Saturday, April 27, 2024
ޚަބަރު

ފެން ކުންފުނީގެ ޗެއާމަން މައުސޫމް އިސްތިއުފާ ދީފި

ގައުމީ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ޗެއާމަންކަމުން އަހުމަދު މައުސޫމު އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް ނަޝީދު އާއި ގާތް ގުޅުމެއް އޮންނަ މައުސޫމް ފެން ކުންފުނީގެ ޗެއާމަން ކަމުން އިސްތިއުފާ ދީފައި ވަނީ ނަޝީދު އިސްވެ އުފައްދަވާ " ދި ޑިމޮކްރަޓްސް"އަށް ސޮއި ކުރެއްވުމަށް ފަހުއެވެ.

މައުސޫމް އިސްތިއުފާ ދެއްވި އިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅަކު ދި ޑޮމްކްރަޓްސްއަށް ސޮއި ކުރުމުން އެ ބޭފުޅުން ވަނީ މަގާމު ވަކި ކުރައްވާފައެވެ.

ރައީސް ނަޝީދު އާއި އަރިސް 13 މެމްބަރަކު އެމްޑީޕީން ވަކިވެ " ދަ ޑިމޮކްރަޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ އިރު އަދިވެސް ނަޝީދު ހުންނެވީ އެމްޑީޕީގައެވެ. ނަޝީދު އަދި އެމްޑީޕީން ވަކިވެޑައި ނުގަންނަވައެވެ.

ދި ޑިމޮކްރަޓްސްއިން. ބުނެފައިވަނީ އަންނަ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަ ކުރާނެކަމަށެވެ.