Last Updated: October 4, 13:32
Wednesday, October 4, 2023
ޚަބަރު

ތިނަދޫގައި ޕިކްނިކް އައިލޭންޑެއް ހަދަނީ

ގދ. ތިނަދޫގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ނިންމައި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އިއްޔެ ވަނީ ސޮއި ވެސް ކޮށްފަ އެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ޝާނާ ފާރޫގެވެ.

ތިނަދޫ ޕިކްނިކް އައިލޭންޑް ހަދަން ހަވާލުކުރީ މަސައްކަތް ފަށާތާ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 58 މިލިއަން ރުފިޔާއަށެވެ.

ރާއްޖޭގައި ތަރައްގީކުރި އެންމެ ފާހަގަކޮށްލެވޭ ޕިކްނިކް އައިލޭންޑަކީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކުރި ކުޑަގިރި އެވެ. އެތަން ހުޅުވީ މިދިޔަ ފެބްއަރީ މަހުގެ 11 ގަ އެވެ.