Last Updated: May 9, 14:09
Friday, May 9, 2025
ޚަބަރު

މަރުވެފައި އޮއްވައި ކަނޑުން ފެނުނީ ޗައިނާ މީހެއް

ހުޅުމާލެއާ ދިމާލު ކަނޑު ސަރަހައްދުން މިދިޔަ އަންގާރަ ދުވަހު މަރުވެފައި އޮއްވައި ފެނުނު މީހާ އަކީ ޗައިނާގެ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފޭސް ދޭކާ ދިމާލުން ފެނުނު މީހާ އަކީ ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުން އަންނަ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕްގެ މުވައްޒަފެއް ކަމަށެވެ. އަދީ އެއީ 34 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެ މީހާގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގަ އެވެ.