Last Updated: April 28, 14:38
Sunday, April 28, 2024
ދުނިޔެ

3،000 އަހަރުވީ ކަނޑިއެއް ފެނިއްޖެ

އެއްވެސް ގެއްލުމެއް ނުލިބި، ވަރަށް ރަނގަޅު ހާލަތުގައި އޮތް 3،000 އަހަރަށް ވުރެ ގިނަ ދުވަސްވީ ކަނޑިއެއް ޖަރުމަނުން ފެނިއްޖެ އެވެ.

މިދިޔަ ހަފުތާގައި މި ކަނޑި ފެނުނީ އާސާރީ ތަކެތި ހޯދަން މަސައްކަތްކުރާ ރިސާޗަރުންގެ ޓީމެއްގެ ބަޔަކަށެވެ. އެތައް ގަރުނެއްވީ މި ކަނޑި ފެނުނީ ދެކުނު ޖަރުމަންގެ ބެވޭރިއާއިންނެވެ. ކަނޑި ފެނުނީ އެ ސަރަހައްދުގެ ތަނެއް ކޮންނަނިކޮށެވެ. އަދި ކަނޑި އޮތީ ތިން މީހެއްގެ މިނިކަށުތަކެއްގެ ތެރޭގަ އެވެ.

މި ކަނޑިއާ ބެހޭ ގޮތުން ޖަރުމަންގެ ބެވޭރިއަން ސްޓޭޓް އޮފީސް ފޯ ޕްރެޒަވޭޝަން މޮނިއުމަންޓްސް އިން ބުނީ މި ކަނޑި އަކީ 14 ގަރުނުގެ "މިޑްލް ބްރޯންޒް އޭޖް" ގެ ޒަމާނުގެ އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.

މިއާ ބެހޭ އިތުރު ހޯދުންތައް ހޯދަން ކަނޑި ފެނުނު ތަން އިތުރަށް ދިރާސާކުރުމަށް ސާމްޕަލް ނަގައި، އެ ސަރަހައްދު އޮތީ ރިސާޗަރުންގެ ބެލުމުގެ ދަށުގަ އެވެ.