Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

ގަތަރު އެއާލައިންގެ ކުޑަކުދިންގެ ހަވީރެއް މިއަދު ހަވީރު ހިތަދޫގައި

ފޮޓޯ: ކިއުންތެރިއެއް

ގަތަރު އެއާލައިންސްގެ ހިދްމަތް ފެށުމަށާއި، އެ އެއާލައިންގެ ޕެސެންޖާ ސޭލްސް އެޖެންޓް އައްޑޫގައި ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ހިތަދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

ކުޑަކުދިންގެ ހަވީރު ފެށުމަށް ހަމަޖެހިފައިވަނީ މިއަދި ހަވީރު، 4 އިން ފެށިގެން އިރުއޮއްސި 6އަށް ހިތަދޫ ކުޑަކުދިންގެ ޕާކްގައެވެ. އިވެންޓް އިންތިޒާމް ކުރާ ފަރާތުން ބުނީ މި ހަވީރުގައި ކުޑަކުދިންނާއި ރައްޓެހި ގިނަ ހަރަކާތްތައް ހިމެނިފަިއވާ ކަމަށެވެ.

އަދި ވީހާވެސް ގިނަ ކުޑަކުދިން މިއިވެންޓްގައި ބައިވެރިކޮށްދިނުމަށް އެދިފައިވެއެވެ.

ގަތަރު އެއާލައިންސްގެ އައްޑޫ ސޭލްސް އެޖެންޓަކަށް ހަމަޖައްސާފައިވަނީ ހިތަދޫ ބީޗް ކެބް މޯލްޑިވްސްއެވެ. ބީޗް ކެބް އިން ސްރީލަންކަން އެއާލައިންސް އާއި މޯލްޑިވިއަންގެ ޓިކެޓް ދަނީ ވިއްކަމުންނެވެ.